ކޮށްފައިވާ ހުވަޔާއި އެއްގޮތަށް ތެދުވެރިކަމާއި އަމާނާތް ތެރިކަމާއިއެކު މަގާމުގެ ޒިންމާތައް އަދާކުރަމުން ގެންދަވާކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު މިހެން ވިދާލުވެފައި މިވަނީ، މިނިސްޓަރުގެ އިތުބާރު ނެތް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އެއަށް ރައްދުދެއްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ އިތުރުން މި މައްސަލަޔާ ގުޅިގެން ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވާން ތައްޔާރަށް ހުރިކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލާއިގައި، ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަ އެމްޑީޕީއިން މިނިސްޓަރ ސަޢީދުގެ މައްޗަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ އޮގަސްޓު މަހުގައެވެ.