ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ދިވެހި ފުލުންގެ ބަޔާނުގައި ވާގޮތުން، ޝާހިދު ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ރޭގެ 21:59 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގައި ދެންނެވުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަޙުޤީގުކުރެވެމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޝާހިދު ރޭ ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ތުހުމަތުތައް ދޮގުކޮށް އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް ޝާހިދު ވަނީ އެދިފައެވެ.
ޝާހިދު ހައްޔަރުކޮށްފައިވާއިރު އޭނާ ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކެމްޕެއިން ފަށާފައެވެ. އަދި އެކަމަށްޓަކައި އެމްޑީޕީގެ ރައީސްގެ މަގާމުން މިދިޔަ އޮގަސްޓު މަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.