"ވެށިފަހި މާލެ ޕްރޮގްރާމް"ގެ ދަށުން ދައުލަތަށް ނަގާފައިވާ ބިންތަކުގެ ތެރެއިން މާލެއާއި ވިލިމާލެއިން 48 ބިމެއް ގަތުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ކަމަށެވެ.

ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ އަގަކީ އަކަފޫޓަކަށް 2،000ރ. އެވެ.

ބިންތައް ހިމެނޭ އަވަށްތައް:

މާފަންނު: 21 ބިން މައްޗަންގޯޅި: 10 ބިން ހެންވޭރު: 9 ބިން ގަލޮޅު: 7 ބިން ވިލިމާލެ: 1 ބިން

މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ ޖޫން 28، 2021 ގައި ގެޒެޓުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު"ގެ ދަށުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ބިން ގަތުމަށް އެދޭ ފޯމާއި ބިންތަކުގެ ޗާޓު މާދަމާއިން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.