ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ފައިސަލް މިސްކިތަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ޒިޔާރަތް ކުރެއްވީ، ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި، 22 އޮކްޓޯބަރު 2026 ގައެވެ. މި ޒިޔާރަތުގެ ފޮޓޯތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކޮށްފައިވެއެވެ.

ފައިސަލް މިސްކިތަކީ، ޕާކިސްތާނުގެ ދީނީ އަދި ޘަޤާފީ ތަރިކަ ދައްކުވައިދޭ މަޝްހޫރު ޢިމާރާތެކެވެ. އިސްލާމްއާބާދުގެ މާގަލާ ފަރުބަދަތަކުގެ ކައިރީގައި ހުރި މި މިސްކިތް، އޭގެ ޚާއްޞަ ޢިމާރާތްކުރުމުގެ ފަންނާއި ރީތިކަމަށް މަޝްހޫރެވެ.

ރައީސުގެ މި ރަސްމީ ދަތުރުފުޅު އޮތީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފްގެ ދަޢުވަތެއްގައި، 20 އިން 22 އޮކްޓޯބަރަށެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށް 60 އަހަރު ފުރޭ މި އަހަރުގައި ކުރައްވާ ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާއި ގުޅުން ބަދަހިކުރުމަށް އައު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރެވުނެވެ.