ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހ.ރަބީޢީމަންޒިލް، އަބްދުﷲ ޝާހިދު (އ. 64) މިރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ.

ޝާހިދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިކަން ހާމަކުރެއްވުމުގެ އިރުކޮޅެއް ކުރިން ޝާހިދު ވަނީ ތުހުމަތުތައް ދޮގުކޮށް އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ޝާހިދުގެ ޕޯސްޓުގައި މި ވާހަކަތަކަކީ އޭނާގެ އަބުރުކަތިލުމަށް ބަޔަކު ފަތުރާ ވާހަކަތަކެއްކަމަށް ބުނެފައިވެއެވެ.