އަމީނީ މަގުގެ 3 ވަނަ ސެގްމެންޓް ގެ މަސައްކަތް ނިމި މިހަފްތާގައި އާންމު ދަތުރުފަތުރުތަކަށް ހުޅުވާލެވޭނެއެވެ.
އަމީނީ މަގު މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދަނީ އެމްޓީސީސީ އާއީ ހަވާލު ކުރެވިގެންނެވެ. އެ ކުންފުނިން މި މަޝްރޫޢުގެ މަސައްކަތް ކުރިއައްގެންދަނީ ސެގްމެންޓް ތަކަކަށް ބަހާލައިގެންނެވެ.
އެމްޓީސީސީގެ އޮފިޝަލް އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓަކުން އެނގޭ ގޮތުގައި މި ސެގްމެންޓްގެ ތާރު އެޅުމާއި ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮންހެން ނިންމާލެވިފައެވެ.
އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މިމަޝްރޫޢުގެ ދަށުން، މި ސެގްމަންޓުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ފުރަތަމަ ދެ ސެގްމެންޓްގެ މަސައްކަތް ވަނީ ނިންމާލެވި އާންމު ބޭނުންތަކަށް މަގު ހުޅުވާލެވިފައެވެ. އެއީ، ސެގްމަންޓް 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ.
އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ޒަމާނީ ފެންވަރަކަށް މިގޮތައް ނިންމާލެވުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން ފާހަގަކުރެއެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.