ސިފައިންނާއި ފުލުހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބަނޑޭރިކޮށި އަލުން ތަރައްގީކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ގައުމީ ހިދުމަތުގައި އާއިލާއާ ދުރުގައި ވަގުތު ހޭދަކުރަންޖެހޭ ސިފައިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ މި އަހަރުގެ ސިފައިންގެ ދުވަހުގެ ޖަލްސާގައި ވެސް ސިފައިންނަށް ހާއްސަ ހައުސިން މަޝްރޫއެއް ހިންގަވާނެކަން އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބަނޑޭރިކޮށި 1 އަދި 2 އަލުން ހަދައި ކުރިއަށް ވުރެ ގިނަ އެޕާޓްމަންޓްތައް އަޅާނެ އެވެ މި މަސައްކަތް ކުރިއަށް ގެންދާނީ މިހާރު އެތަނުގައި އުޅޭ އާއިލާތަކަށް އުނދަގޫ ނުވާނެހެން އެކި ބައިބަޔަށް ބަހާލައިގެންނެވެ އެންމެ ފުރަތަމަ ފަށާނީ ބަނޑޭރިކޮށި 1 ގެ މަސައްކަތެވެ.
އެތަނުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރު ވެސް ދިފާއީ ވުޒާރާއާއި ސިފައިން ގުޅިގެން ދަނީ ކުރަމުންނެވެ އެގޮތުން ބަނޑޭރިކޮށި 1 ނިމުމުން މިހާރު ތިބި މީހުން އައު ފްލެޓްތަކަށް ބަދަލުކުރާނެ އެވެ އަދި މުޅި މަޝްރޫއު ނިމޭއިރު މިހާރު ތިބި މީހުންގެ އިތުރުން ވެސް ހިދުމަތުގައި ތިބި އިތުރު އެތައް ސިފައިންނާއި ފުލުހުންނަކަށް ބޯހިޔާވަހިކަން ލިބޭނެއެވެ.
ސަރުކާރުގެ ބޮޑު ވިސްނުމަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހި ސިފައިންނަކީ ހުރިހާ ގޮތަކުން ވެސް ފުދުންތެރި އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ފެންވަރަށް ހިދުމަތް ދެވޭނެ ގާބިލު ބަޔަކަށް ހެދުމެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.