ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އަރުވާ މަތީ ވަނަ ހާސިލްކުރި 9 ފަރާތަކަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ: އައިޔޫއެމް

މި ރަސްމިއްޔާތުގައި، ކުއްލިއްޔާ އޮފް އެޑިޔުކޭޝަން، ކުއްލިއްޔާ އޮފް އެރަބިކް ލެންގުއޭޖް، ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްއިން 98 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

އައިޔޫއެމްގެ އެކި ކޯސްތަކުން ޖުމްލަ 542 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލްތަކުގެ ކޯސްތަކުން 322 ދަރިވަރުންނާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން 14 ދަރިވަރުންނާއި، ބެޗްލާސް ޑިގްރީ ކޯސްތަކުން 69 ދަރިވަރުން އަދި ޕޯސްޓް ގްރެޖުއޭޓްގެ 5 ދަރިވަރުންނާއި މާސްޓާސް ހެދި 132 ދަރިވަރުން ހިމެނެއެވެ.

މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، ނެގި ހަނދާނީ ގުރޫޕު ފޮޓޯއެއްގައި މެޑަމް ސާޖިދާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.