ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ގައުމުގެ، ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކުރީ ޕޯޗުގަލްގެ ކޯޗާ މައްސަލަ ޖެހިގެން ވަކިއެއްޗެއް ނާންގައި މިދިޔަ މަހު އޭނާ ގައުމީ ޓީމާ ވަކިވެގެންދިޔަ މައްސަލާގައި އެއް މަސްދުވަހަށް ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ. ނަމަވެސް ޕޯޗުގަލްގެ ފެޑަރޭޝަނާއި ކޯޗާއި ކުޅުންތެރިޔާ ވެސް މިހާތަނަށް ދައްކަމުންދިޔަ ވާހަކަތަކުން ހީވެފައި އޮތީ މި މަހު ކުޅޭ ގައުމީ ޓީމުގެ މެޗުތަކަށް އޭނާ އެނބުރި އަންނާނެ ކަމަށެވެ.

ރޮނާލްޑޯ އަކީ ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2003 ވަނަ އަހަރު ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފަށައި މިހާތަނަށް 234 މެޗު ކުޅެ 146 ގޯލު ޖަހައިދީފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ - ޕޯޗުގަލް ގައުމީ ޓީމްގެ ކޯޗު

23 އަހަރު ވަންދެން ގައުމީ ޓީމުގައި އޭނާ ދެމިހުރީ ޒިންމާތަކާއި ޝަރަފާއި އުފަލާ އެކުގައި ކަމަށް ރޮނާލްޑޯ ވަނީ ހާމަކޮއްފައެވެ. މިއަދުގެ މި ނިންމުމާއި އެކު އޭނާގެ ހަނދާންތައް މާޒީވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ގައުމީ ޖާޒީ ބާލަން ނިންމި މި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށްވެސް ރޮނާލްޑޯ ފާހަގަކުރެއެވެ.

ރޮނާލްޑޯ އަކީ މޮޅަށް ފުޓްބޯޅަ ކުޅެ ދުނިޔޭގެ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. 1000 ގޯލުގެ ޓާގެޓަކަށް ޖަހާފައިވާ ގޯލުތަކުގެ އަދަދު ކައިރިކޮށްފައިވާ ރޮނާލްޑޯގެ މި ނިންމުން ވެގެން ދިޔައީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ނިންމުމަކަށެވެ.