އަންގާރަ ދުވަހުގެ ވަގުތެއްގައި މި ޓީމު ރާއްޖެއަށް އައިސްފައިވާއިރު ފަލަސްތީނު ޓީމު އަނބުރާ ގައުމަށް ފުރާނީ އަންނަ މަހުގެ 5 ވަނަ ދުވަހެއެވެ.
ރާއްޖޭގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅޭނެއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއާއި، އަންނަ މަހުގެ 2 ވަނަ ދުވަހު މާލޭގައެވެ.
މި ދަތުރަކީ ފަލަސްތީނާ އެކު ދިވެހިރާއްޖެއިން އޮންނަ ގާތް ގުޅުމާއި އެކުވެރިކަން ދައްކުވައިދޭ ކަމެއްގެ އިތުރުން ދެޤައުމުގެ ކުޅުންތެރިންނަށްވެސް ފައިދާކުރުވަނިވި ތަޖުރިބާތަކެއް ލިބިގެންދާނެ ދަތުރެކެވެ.
ކޮމެންޓްތައް
ކޮމެންޓްތައް އާންމުކުރާނީ މުރާޖަޢާކުރުމަށް ފަހު. އެހެން މީހުންނަށް އިޙްތިރާމުކުރޭ.
އަދި ފާސްކުރެވުނު ކޮމެންޓެއް ނެތް.