ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކުރާ ”ޢަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް 1448“ ގައި ބައިވެރިވުމަށް ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކޮމިޓީގެ ފޭސްބުކް ޞަފްޙާގައި ޝާއިޢުކޮށްފައިވާ އިޢުލާނަކަށް އަންނަނިވިގޮތުން، މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 18 އަހަރުން ދަށުގެ ފިއްލަދޫގެ ކުދިންނާއި، އެ ރަށުގައި ދިރިއުޅޭ އެ އުމުރުފުރާގެ ކުދިންނަށެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާގޮތުގައި، ޕްރޮގްރާމަށް ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 26 އޮކްޓޯބަރު 2026 އިން 29 އޮކްޓޯބަރު 2026 އަށެވެ.

ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަންނޯޓްކުރުމަށް މެސެޖްކުރަންޖެހޭނީ ފިއްލަދޫ ކައުންސިލް އިދާރާގެ 9211533 ނަންބަރަށް، ނުވަތަ ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޙައްވާ ޒަހީރާގެ 7882488 ނަންބަރަށެވެ.