އާދަމް ޙުސައިންފުޅު / އާޙުރަތް - 2010

ރޭރޭ ނުނިދޭ ޚާލެއްގައި ރޭތައް މިވަނީ އާޙެއްގައި
ރޭ ކަރުނަ ހިލޭ ޚާލުން އަދު ރޭރޭ އެދެނީ އައުމެއްގައި
ރޭހުން ލިބިމުން ހީލުންތައް ރާގުން އިއްވާ ނާނާތައް
ރޭރޭ އެދެވޭ ޚާލެއްގައި ރޮއި ރޮއި މިއޮތީ ފާލެއްގައި
ރިހި ހަނދުވަރު ދޭ ރޭތަކުގައި ރަހުމާ އެކުގާ ރުހުމެއްގައި
ރިހި "ލޯ" ހެރިހައި ތީރުތަކުން ހިތްވާ މިއޮތީ އެދުމެއްގައި
ހިރި ހިރި މިއޮތީ ދާނެއްގައި ހިރި ހިރިވާ ލޭ ފާރެއްގައި
ހިރި ނުލެވޭހައި ވޭނެއްގައި ހިރިރާން އަތްދޭ ހާލެއްގައި
ތި ހިތުން ދިންހައި ވޭނެއްގައި މި ހިތަށް ލެވުނަސް އުންކާގައި
މި ހިތުން މި ޖަހައި ވިންދެއްގައި ފެންކަޅި ވެވެނީ އުފަލެއްގައި
ނިމުމެއް ނުމެވާ ހަނދުމައިގައި ކެކިކެކި ބޮކިލާ ފޮލައެއްގައި
ނިދުމަށް ނޭދޭ ރޫހެއްގައި އަތްފައި ގޮވަނީ ދުށުމެއްގައި
ތަންމަތި ރޫތައް އިއްވާދިން ދަންމަޅި މި އޮތީ މެހިފައިދެން
ކަންމަތި ބަނބުރާ ނުފިލޭނޭ "ބަނޑު އޮތް ތަނުގައި ސޮއިކޮށްފައި"